Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

ކާލަމާ: މަސާލާ ނޫޑްލްސް

* ބޭނުންވާ ތަކެތި:

1 ޕެކެޓް ޗައިނީޒް ނޫޑްލްސް (ފެނު ކައްކާފައި)
ހެޔޮވަރުގެ 2 ފިޔާ (ތުނިކޮށް ކޮށާފައި)
4 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
4 މޭޒުމަތީ ސަމުސާގެ ކޮތަނބިރި (ކޮރިއެންޑާ) ފަތް (ކުދިކޮށް ކޮށާފައި)
1/2 އިންޗީގެ އިނގުރުކޮޅެއް (ގާނާފައި)
3 ލޮނުމެދު (ތުނިކޮށް ކޮށާފައި)
4 ފެހި މިރުން (ކުދިކޮށް ކޮށާފައި)
1/2 ސަމުސާ މުގުރި މިރުސް
1/2 ސަމްސާ ގަރަމް މަސާލާ
1 މޭޒުމަތީ ސަމުސާ ތެޔޮ
ހިކަނދި ފަތާއި ރާނބާފަތް (ރާނބާފަތް 2 އިންޗީގެ 4 އެތިކޮޅު)

* ތައްޔާރު ކުރާނެ ގޮތް:

ތަތްނުލަވާ ތަވައެއް އުނދުންމައްޗަށް އުދުމަށް ފަހު ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް މުގުރި މިރުސް، ލޮނުމެދު، އިނގުރު، ފެހި މިރުސް، ފިޔާ ހިކަނދިފަތް އަދި ރާނބާފަތްކޮޅު އަޅާލުމަށްފަހު، ރަތްވަންދެން ހަނާކޮށްލާށެވެ.
ތާވާގެ ތެރޭގައި ހުރި ބާވަތްތައް ރަނގަޅަށް ރަތްވުމުން ކޮށާފައި ހުރި ޓޮމާޓޯކޮޅާއި ގަރަމް މަސާލާ ކޮޅު އެއަށް އެއްކޮށްލާށެވެ. އަދި ކުޑަލޮނުކޮޅެއް އަޅާލައި ލޮނު ހެޔޮވަރުކޮށްލާށެވެ. ޓޮމާޓޯކޮޅު ރީތިކޮށް މަޑުވަންދެން ކައްކާށެވެ.

ދެން ނޫޑްލްސް ކޮޅު އޭގެ ތެރެއަށް އެއްކުރުމަށް ފަހު ރަނގަޅަށް އެކުވަންދެން ހަލާށެވެ.

ތައްޔާރު ކުރެވުނު މަސާލާގަނޑުގެ ތެރޭގައި ނޫޑްލުސްކޮޅު ކުޑައިރުކޮޅެއް ވަންދެން ކައްކާލުމަށްފަހު، އުނދުން މަތިން ތަވާ ބާލާށެވެ.