Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ރަން އިން އައްޑު" އާ އެކު ސާފު ކުރުމުގެ ހަރަކާތެއް

ޓީއެފްޖީން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވާ "ކޮކާކޯލާ ރަން އިން އައްޑޫ" އާ ދިމާކޮށް މާދަމާ އައްޑޫގައި ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އައްޑުއަކީ ސާފު ނަލަ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ސާފު ކުރުމުގެ ހަރަކާތް ފަށާނީ ހެނދުނު 6:00 ގައި މަރަދޫ ފަތާ ޓްރެކް ސަރަހައްދާއި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ކައިރިންނެވެ.

މި މަސައްކަތުގެ ދަށުން ހިތަދު އާއި މަރަދޫގެ ލިންކް ރޯޑްގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ޖަމާ ކުރާނެ އެވެ. އަދިި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އަންގި އާއި ތޮއްޕާއި ކުނި އަޅާނެ ކޮތަޅު ފަދަ ތަކެތި ދެވޭނެ އެވެ. މީގެ އިތުރުން ރެފްރެޝްމަންޓް ވެސް އޮންނާނެ އެވެ.

މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.

ޓީއެފްޖީން އައްޑޫގައި ބާއްވާ ދެވަނަ ދުވުމުގެ ޝިއާރަކީ "ބްރޭކް ޔުއާ ސްޕީޑް" އެވެ.

"ރަން އިން އައްޑޫ" އާ ދިމާކޮށް މި ފަހަރު ވެސް ޓީއެފްޖީން މެގެޒިނެއް ނެރޭ އިރު އޭތި ހާއްސަ ކުރާނީ އައްޑުއަށެވެ.

"ރަން އިން އައްޑޫ" ގެ ދުވުންތެރިންނަށް ބާއްވާ އެކްސްޕޯ މިއަދު މެންދުރު ފަހު 3:00 އިން ފެށިގެން އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އަންނަނީ ކުރިއަށެވެ. އިރުއޮއްސި 6:00 އާ ހަމައަށް އެކްސްޕޯ ކުރިއަށް ދާނެ އެވެ.

އަދި އެކްސްޕޯ މާދަމާ މެންދުރު ފަހު 3:00 އިން ދަންވަރު 12:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

"ކޮކާ ކޯލާ ރަން އިން އައްޑޫ" ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.