Last Updated: April 30, 11:35
Wednesday, April 30, 2025
ޚަބަރު

ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ހަދާނެ: ޝަހީމް

ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢިދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރެއްގައި ފުވައްމުލަކަށް މިހާރު ވަޑައިގެން އުޅުއްވާ ޝަހޯމް އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި ވިދާޅުވީ ފުވައްމުލަކުގައި ބިނާ ކުރާ އިސްލާމީ މަރުކަޒުގައި އިސްލާމީ ތަޢުލީމާއި ޤުރުޢާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި ދިނީ ނަޞޭހަތް ދިނުމާއި އެކިއެކި ދީނީ ފޯރަމްތައް ފުވައްމުލަކުގައި ބިނާކުރާ އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.