Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ކާލަމާ: ބްރެޑް ޕުޑިން

* ބޭނުންވާ ތަކެތި:

10 ފޮތި ޕާން (ގޮޅިކޮށް ކޮށާފައި)
¼ ޖޯޑު މާޖެރިން
½ ޖޯޑު ހިކި މޭބިސްކަދުރު
1 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)
6 ބިސް
¾ ޖޯޑް ހަކުރު
2 ސައިސަމުސާ ވެނީލާ އެސެންސް
½ ސައިސަމުސާ ލޮނު
3 ޖޯޑު ހޫނު ކިރު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ 190 ޑިގްރީގައި އަވަން ހޫނުކުރަން ޖައްސާށެވެ.
ދެން ބޮޑު ތައްޓަކަށް ޕާން، މާޖިރިން، ހިކިމޭބިސްކަދުރު އަދި ފޮނިތޮށި އެޅުމަށްފަހު ރަގަޅަށް އެއްކޮށްލާފައި ފިހަން ބޭނުން ކުރާ ޓްރޭ އަށް އަޅާށެވެ.
އެހެން ތައްޓަކަށް ބިހާއި ހަކުރު، ލޮނު، އަދި ވެނީލާ އެސެންސް އަޅާފައި ރަގަޅަށް ގިރާލާށެވެ.

މަޑުމަޑުން ހޫނު ކިރުފޮދު އަޅަމުން އެއްކުރާށެވެ. ދެން މި ތައްޔާރު ކުރި ބައި، ޕާންތަކުގެ މައްޗަށް އަޅާފައި ޕާންތައް ފޯކޮށްލުމަށްޓަކައި 5 މިނެޓް ވަންދެން ބަހައްޓާށެވެ. ދެން 35-25 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ.