Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނަގަން އެންގި ބުދުތައް އަދިވެސް ނުނަގާ: އިޔާޒް

24 ގަޑިއިރު ތެރޭ ނަގަން އެންގި ބުދުތައް އަދިވެސް ނުނަގާ ކަމަށް ޚަބަރު ލިބޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. އިޔާޒް ވަނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް ނާރަން ދިވެހި ހަރުބަހެއްގައި އޮންނަ ކަމަށާއި، 24 ގަޑިއިރު ތެރޭ ނަގަން އެންގި ބުދުތައް އަދިވެސް ނުނަގާ ކަމަށް ޚަބަރު ލިބޭ ކަމަށް ވިދާޅުވެފައެެވެ.

މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ޑރ.އިޔާޒް ވަނީ އަމިއްލަ ބޭނުންތަކަށް ވުރެ ޖަމާޢަތުގެ ބޭނުންތައް އިސްކުރުމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ ބޭނުންތައް ފުއްދުމަށް އެހެން މީހުން ގުރުބާން ކުރަން ނެހެދުމަށްވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

"އަމިއްލަ ބޭނުންތަކަށް ވުރެ ޖަމާޢަތުގެ ބޭނުންތައް އިސްކުރާށެވެ. އަމިއްލަ ބޭނުންތައް ފުއްދުމަށް އެހެން މީހުން ގުރުބާން ކުރަން ނުހަދާށެވެ" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒަކީ ދީނީ އިލްމުވެރިންގެ ތެރޭގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.