ސިނަމާލެ ބްރިޖް ހުޅުވުމުގެ ނަމުގައި މި ސަރުކާރުން ކުރި އިސްރާފަށް ރައްޔިތުން ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Bridge elhee China ah Salaan jahaigen. 46 million rasmiyyathah israaf kuri iru Male adhi atholhutherey ethakeh haas rayyithun gedhoru nethi fai, adhi Atolls thaku gai, saafu boafen, narudhamaa, Maguthah nuhedhi hurikamee YAG mi rayyithun kibain maafah edhen jehey kameh.
— Mohamed Jameel Ahmed (@MJameelAhmed) August 31, 2018
އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ބްރިޖު އެޅީ ޗައިނާ އަށް ސަލާންޖަހައިގެން ކަމަށާއި، 46 މިލިއަން ރުފިޔާ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިސްރާފުކުރި އިރު، މާލެ އާއި އަތޮޅުތެރޭ އެތަކެއް ހާސް ރައްޔިތުން ގެދޮރު ނެތިފައި އެބަތިބި ކަމަށެވެ.
"އަދި އަތޮޅުތަކުގައި ސާފު ބޯފެން، ނަރުދަމާ، މަގުތައް ނުހެދި ހުރުމަކީ ޔާމީން އަބްދުލް ޤައްޔޫމް މި ރައްޔިތުން ކިބައިން މައާފަސް އެދެން ޖެހޭ ކަމެއް"، ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އެހާ ބޮޑު ހޭދައެއް ކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.