Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ލަންކާގައި މުޒާހަރާ ކުރާތީ ސަމާލުވުމަށް އަންގައިފި

އަވަށްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި މާދަމާއިން ފެށިގެން އިދިކޮޅު ޕާޓީއިން ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންދާތީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން އިލްތިމާސްކޮށްފިއެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ކޮލޮމްބޯގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު މުޒާހަރާ ދިގުލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޓްރެފިކަށް ބުރޫ އަރާފާނެތީ ދިވެހިން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްބަސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކޮންމެހެން ދާން ޖެހޭ ތަނަކަށް ނޫނީ ނުދިއުމަށާއި މުޒާހަރާ ކުރާ ސަރަހައްދު ތަކަށް ނުދިއުމަށް އެދިފައިވެއެވެ. އަދި ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެމްބަސީ ހޮޓްލައިން، 0768096660 ގުޅުއްވުމަށް އެދިފައިވެއެވެ.

ލަންކާ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އިސްވެ ހުންނާނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ ދަރިކަލުން ނަމާލް ރާޖަޕަކްސައެވެ.