Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ޝެއިޚް އަބޫ އުސާމާގެ ދަރުހެއް އައްޑޫ ސިޓީގައި ބާއްވަނީ

ޝެއިޚް އަބޫ އުސާމާ މިއަދު ރާއްޖެ ވަޑައިގަންނަވަނީ - ފޮޓޯ: ފޭސްބުކް (ޕީސް ފައުންޑޭޝަން)

އެމެރިކާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަބޫ އުސާމާ އަލް ޒަހަބީގެ ދަރުހެއް އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީސް ފައުންޑޭޝަން އާއި ރަބީއުލް ޤުލޫބް ފައުންޑޭޝަން އިން ގުޅިގެން ކުރިއަށްގެންދާ "ދަ ލެގަސީ 3" ޙަރަކާތުގެ ދަށުން ބާއްވާ މި ދަރުހުގެ މަޢުޟޫއަކީ "ޕޮއިޒަނަސް ސޯޝަލް ހެބިޓްސް" ނުވަތަ "ވިހަ (ނޭދެވޭ) އިޖުތިމާޢީ އާދަތައް"، މިއެވެ.

މި ދަރުހަށް ޝެއިޚް އަބޫ އުސާމާ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އަދި މި ދަރުސް އޮންނާނީ 8 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މަރަދޫ ޕާކުގައެވެ.