Last Updated: April 26, 18:07
Friday, April 26, 2024
ވިޔަފާރި

އަލީބާބާ ޗެއާމަން އަންނަ އަހަރު ރިޓަޔާ ކުރަނީ

ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި، "އަލީބާބާ" ގެ ޗެއާމަން ޖެކް މާ، އަންނަ އަހަރު މަގާމުން ރިޓަޔާ ކުރުމަށް ނިންމައިފިއެވެ.

މާ ބުނެފައިވަނީ އޭނާގެ މި ނިންމުމަކީ ޒުވާން ހިންގުންތެރި މީހުންނަށް ލީޑާޝިޕް ރޯލުތަކުން ފުރުސަތު ދިނުމަށް ނިންމުމެއް ކަމަށެވެ.

މާގެ މަގާމާ ހަވާލުވުމަށް އޭނާ ހަމަޖައްސާފައިވަނީ އަލީބާބާގެ މިހާރުގެ ޗީފް އެގްޒެކެޓިވް، ޑެނިއަލް ޒަންގްއެވެ. އޭނާއަކީ އަލީބާބާގެ ސިންގަލްސް ޑޭ ޕްރޮމޯޝަން ޑިޒައިން ކުރި ފަރާތެވެ. އެ ޕްރޮމޯޝަނަކީ ދުނިޔޭގައި ވެސް އެންމެ ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ރީޓެއިލް ވިޔަފާރި ކުރެވުނު ހަރަކާތެވެ.

އަލީބާބާގެ އަގު މިދިޔަ އަހަރު ދެގުނަ މަތިވެފައިވާއިރު ކުންފުނީގެ ޗެއާމަން، މާ އަކީ ޗައިނާގައި ވެސް ހުރި އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާއެވެ.