Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

"ދަބަންގް 3" 2019 ގައި ފެންނާނެ ކަމަށް ސަލްމާން ބުނެފި

2010 ވަނަ އަހަރު ދަބަންގް ފިލްމުން ޕޮލިހެއްގެ ރޯލު ކުޅެ ގިނަ ބައެއްގެ ސަޕޯޓް ހޯދާފައިވާ ސަލްމާން ޚާން ދަބަންގް ސީކުއެލްގެ 3 ވަނަ ފިލްމެއް 2019 ގައި ފެންނާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

މި ފިލްމް ސީކުއެލްގެ 2 ވަނަ ފިލްމު ކަމަށްވާ "ދަބަންގް 2 " ނެރެފައިވަނީ 2012 ވަނަ އަހަރުގައެވެ. ދެ ފިލްމުގެ ވެސް އަންހެން ތަރިއެއްގެ ރޯލުން ފެނިގެން ގޮސްފައިވަނީ ސޮނާކްޝީ ސިންހާ އެވެ. ފުރަތަމަ ފިލްމް އަބީނަވް ކަޝްޔަޕް ޑައިރެކްޓް ކޮށްފައިވާ އިރު ދެވަނަ ފިލްމް ޑައިރެކްޓް ކޮށް އަދި ޕްރޮޑިއުސް ކޮށްފައިވަނީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންއެވެ.

52 އަހަރުގެ ސަލްމާން ޚާން ވަނީ ސޯޝަލް މީޑިއާގައި އޭނާ ދަބަންގް 3 2019 ވަނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ. މި ފިލްމުން ވެސް އަންހެން ރޯލުން ފެނިގެންދާނީ ސޮނާކްޝީ ސިންހާ ކަމަށް ބެލެވެއެވެ.

ސަލްމާން ވަނީ އެ ފިލްމުގައި ޗުލްބުލް ޕާންޑޭ އާއި ރައްޖޯގެ ކެރެކްޓަރ އަށް ސަޕޯޓަރުން ދެއްވާފައިވާ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. އަދި 8 އަހަރު ފަހުން 2019 ވަނަ އަހަރު " ދަބަންގް 3" ފެނިގެންދާނެ ކަމަށް ވެސް ބުނެފައެވެ.