Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ހުޅުމީދޫ ޖަލްސާތެރެއިން ރީދޫ މަލެއް ފެނިގެން ރައީސް ޔާމީން ކޯފާ ވެއްޖެ

ރައީސް ޔާމީން ހިތް ހަމަނުޖެހިގެން އެެއްލާލި މާ.

ހުޅުމީދޫގައި ސަރުކާރުން ގާއިމް ކުރި ހިދްމަތްތައް އިފްތިތާހު ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާންގެ ކުރިފުޅުމަތީގައި ބާއްވާފައި އޮތް މާބޮޑީގެ ތެރޭގައި އޮތް ރީދޫ މަލެއް ފެނިގެން އެމަނިކުފާން ހިތް ހަމަނުޖެހިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ރައީސް ޔާމީން ހުޅުދޫ މީދޫ ރައްޔިތުންނާއި މުހާޠަބު ކުރެއްވުމަށް ތެދުވެވަޑައިގެން މެމްބަރު މުހައްމަދު ޝާހިދު އާއި ޕީޕީއެމް ނައިބް ލީޑަރ އަބްދުﷲ އަބްދުއް ރަހީމް އާއި އެންވައިރަމެންޓު މިނިސްޓަރ ޠޯރިގް އިބްރާހިމް އާއި ވާހަކަފުޅު ދެއްކެވުމަށްފަހު އެމާ ނަންގަވައި އެއް ފަރާތެއްގައި ބޭއްވުމުން އަބްދުއް ރަހީމް ނަންގަވައި އެމާ އެއް ފަރާތަށް އެއްްލާލާ މަންޒަރު ފެނެއެވެ.

ރައީސްގެ ކުރިފުޅު މަތީގައި ބާއްވާފައިވާ އެމާބޮޑީގެ ތެރެއިން ރީދޫ މަލެއް އޮތުމުން ހިތް ހަމަނުޖެހިގެން އެމާ އެއްްލާލި ސަބަބެއް ސާފެއް ނުވެއެވެ.

މިވީޑިއޯއަށް އެކި ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު ވިދާޅުވީ ކަހީނު ގަބޫލް ނުވާ ކަހަލަ މަލެއް ފެނިގެން އެވެސް އެއްލާލީ ކަމަށެވެ. އަދި އެއްލާލީ ކޮން ކަހަލަ މަލެއްތޯ މަހްލޫފު ވަނީ އަބްދުއް ރަހީމް އާއި ސުވާލު ކުރައްވާފައެވެ.