Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މީހެއްގެ ބޮލުގައި އިލްޒާމު އެޅުވުމުގައި ވެސް ހައްދެއް އޮންނަން ވާނެ: ރައީސް

މީހެއްގެ ބޮލުގައި އިލްޒާމު އެޅުވުމުގައި ވެސް ވަކި ހައްދެއް އޮންނަން ވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ، ހިތަދޫގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިޝާރާތް ކުރައްވާފައިވަނީ ދާދި ފަހުން އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ނެރުއްވި ބަޔާނަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު އެމަނިކުފާނުގެ ބޮލުގައި އެތައް އިލްޒާމެއް އަޅުވާފައިވާ ކަމަށާއި، ރައީސް ޔާމީން ހުންނެވީ ހުރިހާ އިލްޒާމެއް ބޮލުގައި އަޅައިގެން ކަމަށް ޚުދު ރައީސް ޔާމީން، އަދީބަށް ރައްދު ދެއްވަމުން ވިދާޅުވެފައިވެއެވެ.

އަދި އެމަނިކުފާނުގެ އަބުރު ކަތިލުމަށް އެތެރެއިންނާއި ބޭރުން އެތައް ދުވަހެއް ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށާއި މިހާރުވެސް ކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އަދިވެސް މިހުންނެވީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށާއި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.