Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލޭ އާއި އެއްފެންވަރަށް އައްޑޫގައި ބޭސްފަރުވާ ލިބިގެންދާނެ: އައިބީ

ކެމްޕޭން ހަފުލާގައި އައިބީ ވާހަކަ ދަައްކަވަނީ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ ސިޓީގައި ވެސް މާލެ އެކޭ އެއް ފެންވަރަށް ބޭސްފަރުވާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ މިހެން ވިދާޅުވީ މިއަދު ރައީސް ޔާމީން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އައިބީ ވިދާޅުވި ގޮތުގައި އައްޑޫގައި ބޭސްފަރުވާގެ ޚިދުމަތް ޤާއިމްކުރެވުމުން ކޮންމެ ކަމަށް ފުރައިގެން މާލެ ދާން ނުޖެހޭނެ ކަމަށެވެ. އައިބީގެ ވާހަކައިގައި އިޝާރާތް ކުރެއްވީ އީސީސީގައި މިހާރު ތަރައްޤީ ކުރަމުން އަންނަ 100 އެނދުގެ ހޮސްޕިޓަލަށެވެ