Last Updated: July 1, 20:24
Tuesday, July 1, 2025
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދީފި

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫގެ ގުޅިފައިވާ ރަށް ތކުން ކަރަންޓު ކެނޑިފައިވާތާ ގަޑިއެއްހާ އިރު ފަހުން ހުރިހާ ރަށަކަށް އަލުން ކަރަންޓު ދީފިއެވެ.

ކަރަންޓު ކެނޑިފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނިކުމެފައި ވަނިކޮށް މިއަދު ހެނދުނު 11 ޖަހާކަށް ހާއިރުއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑުނު އިރު ފެނަކަ ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ހަރަކާތްތެރިވަމުން ދިޔައީ އިލެކްޝަން އޮފިޝަލުންގެ ގޮތުގައެވެ.

ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ކަރަންޓު ކެނޑުނު ނަމަވެސް ވޯޓުލުމަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވެއެވެ.