Last Updated: July 2, 04:10
Thursday, July 2, 2026
ޚަބަރު

އުފާ ފާޅުކުރުމަށް މިއަދު ހަވީރު އިދިކޮޅުން ވެހިކަލް ބުރަކަށް

އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބު 2018 ގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން މުޅި އައްޑޫ ސިޓީގައި ބޮޑު ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިވެހިކަލް ބުރު އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ޖަހާނެ ކަމަށާއި ގުޅިފައިވާ ހަތަރު ރަށުގެ ބުރު ފަށާނީ ހިތަދޫ އެމްޑީޕީ ހަރުގެ އިން ކަމަށެވެ. އަދި ހުޅުމީދޫ ބުރު ފަށާނީ މީދޫ ހަރުގެއިންނެވެ.

ވެހިކަލް ބުރުގައި ބައިވެރިވުމަށް ފެށޭ ހަރުގެ ތަކަށް މިއަދު މެންދުރު ފަހު 3:30 އަށް ބައިވެރިވެލައްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވަޑައިގަތުމަށް އިއްތިހާދުން އެދިފައިވެއެވެ. ސައިކަލުގައި ވަޑައިގަންނަވާ ބޭފުޅުން ހެލްމެޓު ހިފައިގެން ވަޑައިގަތުމަށް އެބޭފުޅުން އިލްތިމާސް ކުރެއެވެ.