Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ސިދާތު ދިރިއުޅުމެއް ފަށަން ވިސްނަނީ 40 އަހަރު ވުމުން

މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރްގެ ފިލްމް" ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ފިލްމީ ދުނިޔެއަށް ތައާރަފްވެގެން ދިޔަ ސިދާތް މަލްހޯތްރާ ދިރިއުޅުމެއް ފަށަން ވިސްނަނީ އުމުރުން 40 އަހަރު ވާންވާއިރަށް ކަމަށް އޭނާ ބުނެފިއެވެ.

ކަރަން ޖޯހަރުގެ ފިލްމަށްފަހު ތަފާތު އެކި ފިލްމުތަކުން ފެނިގެން ގޮސްފައިވާ ސިދާތު މީގެ ކުރިން އާލިޔާ ބަޓްއާއެކު ރައްޓެހިވެގެން ދުވަސްތަކެއް ވަންދެން ވަނީ އުޅެފައެވެ. އެ ދެ މީހުންގެ ގުޅުމަށް ނިމުމެއް އައިސް މިހާރު އާލިޔާ އާއި ރަންބީރް ކަޕޫރު ގުޅި އެ ދެމީހުން ކައިވެންޏަކަށް ދަތުރު ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ސިދާތު ކިއާރާ އަދްވާނީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

ވަރަށް ފަހުން ފެނިގެންދިޔަ އިންޓަވިއު އެއްގައި ސިދާތު ބުނެފައިވަނީ އޭނާގެ ގުޅުންތަކާމެދު މަންމަވެސް ސުވާލު ނުކުރާ ކަމަށެވެ. ދިރިއުޅުމާއި ގުޅޭ ސުވާލުތަކަށް ޖަވާބުދޭން އަދި އެހާ ފަސޭހަ ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މަޑުމަޑުން ގޮސް ހުރިހާ ކަމެއް ހަމަޖެހުމުން އުމުރުން 40 އަހަރާއި ހިސާބުން ދިރިއުޅުމެއް ފެށޭނެ ކަމަށް އޭނާ ލަފާ ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ސިދާތުގެ ފިލްމު ތަކުގެ ތެރޭގައި "އެކް ވިލަން"، ސްޓޫޑެންޓް އޮފް ދަ އިޔާ"، "އައްޔާރީ"، "ބާރް ބާރް ދޭކޯ" ފަދަ ފިލްމުތަކުގައި އޭނާ ދައްކުވައިދީފައިވާ ހުނަރުތަކުން އޭނާ ވަނީ އެތައް ބައެއްގެ ހިތް އަތުލާފައެވެ.