Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މާރާމާރީގައި ޒަޚަމްވި ޒުވާނާގެ ހާލު ސީރިއަަސް

ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ތަފުސީލު އޭނާގެ ޕްރައިވެސީއަށްޓަކާ ހާމަކުރެވެން ނެތް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ މާރާމާރީ ހިނގާފައިވަނީ ރޭ އޮލިމްޕަސް ކައިރީގައެވެ. މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 10:48 ހާއިރުއެ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މާރާމާރީއަށް ފަހު އެ ޒުވާނާ ބިންމަތީގައި ވެއްޓިފައިއޮތް މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ގިނަ އަދަދަކަށް އޭނާގެ ހަށިގަނޑުން ލޭ ފައިބަމުންދިޔަ މަންޒަރު އެ ވީޑިއޯތަކުން ފެންނަމުން ދިޔައެވެ.

މީގެ ދެދުވަސް ކުރިން ވަނީ އައްޑޫ ސިޓީ މަރަދޫގައި ވެސް ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެންދެވި ފުއްޕާމޭގެ ސާޖަރީއެއް އިއްޔެ ވަނީ ހަދާފައެވެ.