Last Updated: April 27, 10:10
Saturday, April 27, 2024
ދުނިޔެ

އެމެރިކާ ސަފީރުގެ މަގާމުން ނިކީ އިސްތިއުފާ ދެއްވައިފި

އެމެރިކާއިން އދ. ގެ ސަފީރު ކަމަށް ކަނޑައަޅުއްވާފައި ހުންނެވި ނިކީ ހޭލީ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުއްލި ގޮތަކަށް ނިކީ ހޭލީ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަން އިއުލާކޮށްފައިވާއިރު ޓްރަމްޕް ވަނީ މިހާރު އޭނާގެ އިސްތިއުފާވެސް ގަބޫލުކުރައްވާފައެވެ. ނިކީ ވަނީ އދ. ގައި ޓްރަމްޕްގެ ސިޔާސަތުތަކަށް އެތައް ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުން ދިޔައިރު ވެސް އެސިޔާސަތުތައް ދިފާއުކޮށްފައެވެ.

މަގާމުން އިސްތިއުފާ ދީފައިވި ނަމަވެސް ޓްރަމަޕް ވިދާޅުވީ ނިކީ މިއަހަރުގެ ނިޔަލަށް އދ. ގެ ސަފީރުކަމުގައި ހުންނަވާނެ ކަމަށެވެ. އަދި އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރަން އެންމެ އެކަށީގެންވާ ބޭފުޅަކީ އަމިއްލަ ދަރިކަނބަލުން، އިވަންކާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް އިވަންކާ ވަނީ ޓުވިޓާ މެދުވެރިކޮށް، އެފަދަ މަގާމެއް ބަލައިނުގަންނާނެ ކަން އިއުލާން ކުރައްވާފައެވެ. ޓްރަމްޕް ވަނީ ގިނަ ވެގެން ދެހަފްތާ ތެރޭ ނިކީގެ މަގާމު ފުރުއްވާނެ ބޭފުޅަކު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މަގާމު ދޫކޮށްލި ސަބަބެއް ނިކީ ހާމަކޮށްފައިނުވި ނަމަވެސް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.