Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މަޖްލިސް އިންތިހާބުގައި ވާދަ ނުކުރަން: ސޯބެ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވާކަމަށް ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަދި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާއަށް ސޯބެ ވާއްދަކުރައްވާކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ދާއިރު ބައެއް ފަރާތްތަކުން ސޯބެ ހިމަނައިގެން އެދާއިރާއަށް ކުރިމަތިލާން ފެނޭތޯ ޕޯލް ދަނީ ހިންގަމުންނެވެ.

ސޯބެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުގައި އަޅުގަނޑު ވާދަ ނުކުރައްވާ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ހުރިހާ ބޭފުޅުންނަށް ނުހަނު އިހުތިރާމާއި އެކު ވެދުން ދަންނަވާކަމަށެވެ.

ސޯބެ މަޖްލިސް އިންތިހާބަށް ވާދަ ނުކުރައްވާނެކަމަށް ވިދާޅުވިއިރު ކައުންސިލްގެ ފާއިތުވި ދެ ދައުރުގައިވެސް އުތުރު ދާއިރާގެ ކައުންސިލަރު ގޮޑިވަނީ ތަނަވަސް އައުލަބިއްޔަތަކާއި އެކު ކާމިޔާބު ކުރައްވާފައެވެ.