Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދުސްތޫރީ މައްސަލައަކީ ބަލައިގަންނަވަރު ވެސް ނުވާ، ވަރަށް ވީކް ކޭސްއެއް: ރިޔާޒް

ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ ބަލައިގަންނަވަރު ވެސް މައްސަލައެއް ނޫން ކަމަށާއި، އެއީ ވަރަށް ވީކް ކޭސްއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ ރައީސް ޔާމީން ވިދާޅުވެގެން އީސީއާއި ދިމާކޮށް ހަޅޭލަވާ ކުދިންކޮޅު ހިތްހަމަޖެއްސުމަށް ލެއްވި މައްސަލައެއް ކަމަށެވެ.

"ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ ރައީސް ޔާމީން ވިދާޅުވެގެން އީސީއާއި ދިމާކޮށް ހަޅޭލަވާ ކުދިންކޮޅު ހިތްހަމަޖެއްސުމަށް ލެއްވި މައްސަލައެއް. ވަރަށް ވީކް ކޭސްއެއް! ބަލައިގަންނަވަރު މައްސަލައެއް ވެސް ނޫން! ރައީސް ޔާމީނުގެ ލޯޔަރުންގެ ޓީމްގެ ލަފަޔާ ދެކޮޅަށް މައްސަލަ ލެއްވީ ކަމަށްވޭ!" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވަނީ ދުސްތޫރީ މައްސަލަ އަކީ ރައީސް ޔާމީނުގެ ލޯޔަރުންގެ ޓީމްގެ ލަފަޔާ ދެކޮޅަށް ލެއްވި މައްސަލައެއްކަމަށްވާ ކަމަށް ވިދާޅުވެފައެވެ.