Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ވަގުތީ އަމުރެއްގެ ދަށުން ވިޔަސް މުއިއްޒު ޖަލަށްލާން ވެއްޖެ: ރޮޒެއިނާ

ރައްޔިތުންގެ މުދަލަށް ނަހަމަގޮތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަރައިގަންނަމުން ދާތީ ވަގުތީ އަމުރެއްގެ ދަށުން ނަމަވެސް އޭނާ މިހާރު ޖަލަށް ލާންވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިވަނީ އީސީސީއިން އަންގާފައިވާ ގޮތާއި ޚިލާފަށް ފްލެޓްތައް ވިއްކާ ކަމަށްވާ ނަމަ ކޯޓަށް ގޮސްގެންވެސް އެކަން ހުއްޓުވާނެ ކަމަށް އެ މުއައްސަސާއިން ބުނެފައިވާ ކަމަށް ނޫހެއްގައި ލިޔެފައިވާ ޚަބަރަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މުއިއްޒު ޖަލަށް ލާންޖެހޭ ސަބަބެއް ކަމަށް ރޮޒެއިނާ ވިދާޅުވެފައިވަނީ އެއީ މުޖުތަމައުއަށް ނުރައްކަލަކަށް ވެފައިވާ މީހަކަށް ވާތީކަމަށެވެ.