Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ޖަޕާންގެ ސަފީރު، އިންތިޚާބީ ރައީސް އާއި ބައްދަލުކުރައްވައިފި

އިބޫ އާއި ޖަޕާންގެ ސަފީރު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ޖަޕާން އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ކަޒުމީ އެންޑޯ، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.

ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކިއެކި ފަރާތްތަކުން ދަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި އަދި ފޯނުން ގުޅުއްވައި ވެސް މަރުޙަބާ ދަންނަވަމުންނެވެ.

އެގޮތުން އަވަށްޓެރި ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވެސް ވަނީ އިއްޔެ އިބޫ އާއި ބައްދަލުކުރައްވައިފަ އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން އިބޫ ފުރަތަމަ ފަހަރަށް ޤައުމުން ބޭރަށް ވަޑައިގެންފައި ވަނީ ލަންކާ މަގުން ސިންގަޕޫރަށެވެ. އަދި އެނބުރި އިއްޔެ ރާއްޖެ ވަޑައިގެންނެވީވެސް ލަންކާ މަގުންނެވެ.

ސިރިސޭނާ އިބޫ އާއި ބައްދަލު ކުރައްވާފައިވަނީ ލަންކާގައި ޓްރާންސިޓު ކުރެއްވި ވަގުތުކޮޅު ބަންޑާރަނައިކަ އިންޓަނޭޝަން އެއާޕޯޓުގެ ވީއައިޕީގައިކަމަށް މައުލޫމާތު ލިބެއެވެ.