Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ހޭންޑު ފުޓު މައުތު ބަލި ފެތުރެނީ، ސަމާލުވޭ!

ހޭންޑް ފުޓް މައުތް ބަލި މިދުވަސްކޮޅު އިތުރުވަމުންދާތީ މި ބައްޔަށް އައިޖީއެމްއެޗްގެ ސީނިއާރ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

ފައިސަލްގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ މިދުވަސްކޮޅު ހޭންޑް ފުޓް މައުތް ތަންކޮޅެއް ގިނަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ހުރިހާ ކުދިން އަތް ދޮންނަން އާދަކުރެއްވުމަށްވެސް ފައިސަލް ވަނީ ނަސޭހަތްތެރިވެފައެވެ.

"ހޭންޑް ފުޓް މައުތް ތަންކޮޅެއް ގިނަވޭ އެބަ. ހުރިހާ ކުދިން އަތް ދޮންނަން އާދަ ކޮށްދެއްވާ. ބަލި ޖެހުމުން ހަފްތާއަކަށް ސުކޫލަށް ނުފޮނުއްވާ. ކުޅޭ ސާމާނު، ދޮރުގެ އަތްގަނޑު ، ރަނގަޅަށް ސާފުކުރައްވާ. ހުރިހާ ސުކޫލެއްގައިވެސް ސައިބޯނިން އަތް ދޮވެވޭގޮތަށްއިންތިޒާމް ކުރެއްވުން މުހިންމު." ފައިސަލް ލިޔުއްވާފައިވެއެވެ.

މި ބައްޔަކީ އަވަސް އަވަހަށް ފެތުރޭ ބައްޔަކަށް ވުމުން ބަލިން ސަލާމަތް ވުމުގެ ގޮތުން އާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި ބަލި ޖެހިފައިވާ ކުދިން އެހެން ކުދިންނާއި ވަކިން ގެންގުޅުމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދު ދެއްވައެވެ.

މި ބަލި އާއްމުކޮށްޖެހެނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.