Last Updated: June 19, 13:36
Thursday, June 19, 2025
ޚަބަރު

ޗައިނާ އަންހެނަކު ޕްރީ ސްކޫލް ކުދިންތަކަކަށް ހަމަލާދީފި

ޗައިނާގެ ޕްރީ ސްކޫލެއްގައި ތިބި ކުޑަކުދިންތަކަކަށް އަންހެނަކު ވަޅިން ހަމަލާދީ، 14 ކުދިން ޒަޚަމް ކޮށްލައިފިއެވެ.

ލިއު ނަމަކަށް ކިޔާ 39 އަހަރުގެ އަންހެން މީހާ ވަޅިއެއް ހިފައިގެން ޕްރީ ސްކޫލް ތެރެއަށް ވަދެފައިވަނީ ކުދިން ކުޅޭދަނޑުގައި ކުޅެން ތިއްބައެވެ. އޭނާ މިހާރު ފުލުހުން ހައްޔަރުކޮށްފައިވާއިރު ތަހުގީގުތައް ވަނީ ފަށާފައެވެ.

ނަމަވެސް މިއަމަލު ހިންގުމުގެ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާއަކީ ޗައިނާ ސަރުކާރާ ދެކޮޅު މީހެކެވެ.

ސޯޝަލް މީޑިޔާގައި އަންހެން މީހާ ހައްޔަރުކުރާ މަންޒަރާއި ކުދިންނަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ލޭފައިބާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް އާންމުވެފައެވެ. ބައެއް ކުދިންގެ އަތާއި ފަޔަށް ވަޅި ހަރާފައިވާއިރު ފުލުހުން ވަނީ ޒަޚަމްވި ކުއްޖަކު މަރުނުވާ ކަން ކަށަވަރުކޮށްދީފައެވެ.