Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ދެކުނުގެ ބައެއްރަށްތަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް

2015 ވަނަ އަހަރުގެ އޯގަސްޓް މަހު އައްޑޫ އަށް ކުރި ވިއްސާރައިގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޙުސައިން ޒަހީން

މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނުގެ 10:00 އާއި ހަމައަށް ދެކުނުގެ ބައެއްރަށްތަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްލަފާކުރެވޭ ކަމަށް ނެޝެނަލް މީޓިއޮރޮޖިކަލް ސެންޓަރ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ގަޑިތަކުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 03 މޭލާއި 31 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާޢި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވިލާގަނޑުގައި އާދައިގެވަރަށް ގަދަވާނެތީ ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.