Last Updated: July 3, 22:50
Friday, July 4, 2025
ޚަބަރު

އެސްޓީއޯގެ ފުށުގެ ބާވަތެއް ޓެސްޓުކުރަން ފަށައިފި

އެސްޓީއޯ އިން އެތެރެކޮށް ވިއްކަމުން އަންނަ ގޮދަންފުށުގެ ބާވަތެއްގައި އާދަޔާޚިލާފު ވަހަކާއި ރަހައެއް ހުންނާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެމައްސަލަ ބަލައި، ސަމާލުވާން އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ މިފުށުގެ ސާމްޕަލް ނަގައި ތަހުގީގު ކުރަން ފަށާފައެވެ. އަދި ފުށް ގަންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސު ކުރެއެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ އެއިދާރާއިން ބެލި ބެލުމުން އެނގިފައިވަނީ އެސްޓީއޯގެ ބެޗް ނަންބަރު 17016853 ފުށުގައި މައްސަލަ އުޅޭ ކަމަށެވެ. ނަމަވެސް އެހެން ބެޗެއްގައި މައްސަލައެއް ދިމާނުވާ ކަމަށާއި މީގެ އަސަރެއްވެސް އެހެން ބެޗަކަށް ނުފޯރާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

އެސްޓީއޯ އިން އަދި މިމައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.