Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ އައްޑޫގައި!

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އައްޑޫއަށް ވަޑައިގަންނަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ. އައިޝަތު އަލީ އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު އައްޑޫއަށް ވަޑައިގެން އައްޑޫގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ސްކޫލްގެ ކަންކަން ކުރިއަށްދާ ގޮތާއި، ސްކޫލްތަކުގެ ހުރި ޝަކުވާތައް މިނިސްޓަރވަނީ އަޑު އައްސަވާފައެވެ.

މައުލޫމާތުލިބޭ ގޮތުގައި މިނިސްޓަރ އައްޑޫގެ ސްކޫލްތަކަށް ވަޑައިގެން މުވައްޒަފުންނާއި ބައެއް ބެލެނިވެރިންނާއި ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ހަވީރު ހުޅުމީދޫއަށް ވަޑައިގެން ޝަމްސުއްދީން ސްކޫލްގެ ބެލިނިވެރިންނާއި ބައްްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ ޝަމްސުއްދީން ސްކޫލް އުވާލަންޖެހޭކަމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރާތީ އެކަމުގެ ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޑރ. އައިޝަތު އަލީގެ އައްޑޫ ދަތުރުފުޅަށް ފަހު މާދަމާ ފުވައްމުލަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.