Last Updated: May 8, 02:23
Tuesday, May 7, 2024
ޚަބަރު

ސަރުކާރު ޖަވާބުދާރީ ކުރާނީ ރައްޔިތުން، އަޅުގަނޑެއް ނޫން: ޔާމީން

ދިވެހި ރައްޔިތުން ގެނައި ސަރުކާރެއް ޖަވާބުދާރީ ކުރުވާނީ ރައްޔިތުންކަމަށާއި، އެކަމަކީ ޕީޕީއެމް އާއި ރައީސް ޔާމީން ކުރައްވަން ޖެހޭކަމެއްކަމަށް ގަބޫލް ނުކުރައްވާކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް. މަސައްކަތް ކުރައްވާނެތޯ ނޫސްވެރިއަކު ކުރެއްްވި ސުވާލަކަށް ރުންކުރު ޖަވާބެއް ދެއްވަމުން ޔާމީން ވިދާޅުވީ ކޮންމެ ފަހަރަކު ސަރުކާރު ޖަވާބުދާރީ ކުރުމަކީ އެމަނިކުފާން ކުރައްވަން ޖެހޭ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ސުވާލު ކުރެއްވި ނޫސްވެރިޔާއަށް އަމާޒުކޮށް ޖާނަލިސްޓުން ސަރުކާރު ޖަވާބުދާރީ ކުރުވަންވީ ނޫންތޯ ސުވާލު ކުރެއްވިއެވެ.

"ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއް ނޫންތޯ މިއީ. ރައްޔިތުން ނޫންތޯ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ؟ ޕީޕީއެމްއަށް ކީއްވެތޯ ހުރިހާ ކަމެއް ކުރަން ޖެހެނީ؟ އަޅުގަނޑަކަށް ނުވިސްނޭ،"

ޔާމީން ވަނީ މި ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭތޯ ސުވާލު ކުރައްވާފައެވެ.

ނޫސްވެރިންނަށް މަލާމާތް ކުރައްވާ މޭރުމަކުން ހިތް ހަމަނުޖެހި ހުންނަވައިގެން ޔާމީން ވިދާޅުވީ ރައްޔިތުން ނުވިސްނާ ކަންކަން ކުރުމަށްފަހު ކަންކަން ގޯސްކޮށް ދިއުމުން އެކަން ކޮންމެ ފަހަރަކު އިސްލާހު ކުރަން ޕީޕީއެމްއަށް ފޫޅުކަނޑަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ރައްޔިތުން ގެނައި ސަރުކާރު ޖަވާބު ދާރީ ކުރުވާނީ ރައްޔިތުން ކަމަށާއި އެއީ އެކަން އެމަނިކުފާން ކުރައްވަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.