Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ގައުމީ ކުޅިވަރު ޓީމުތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފި

ކުޅިވަރުގެ ދާއިރާގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ކުޅުންތެރިންނަށް 2019 ވަނަ އަހަރުން ފެށިގެން މުސާރަ ދޭއިރު ކުޅިވަރު އަދި ޖިންސު ތަފާތުކުރުމެއް ނެތި ހުރިހާ ކުޅުންތެރިންނަށް އެއްވަރަކަށް އެލޮވެންސް ދިނުމަށް ސްޕޯޓްސް ކައުންސިލުން ނިންމަވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މިވައުދު ފުއްދާފައިވާ ކަން އިއުލާން ކުރެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްއެވެ.

މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފެށޭ އަހަރުން ފެށިގެން ގައުމީ ޓީމުތަކަށް އެލަވެންސްގެ ގޮތުގައި ކޮންމެ މަހަކު 5،000ރ. ލިބިގެން ދާނެ ކަމަށެވެ. އަދި އެއީ ހުރިހާ ކުޅިވަރަކަށް، އަންހެން ފިރިހެން ތަފާތުކުރުމެއް ނެތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ގައުމީ ޓީމުތަކަށް ދޭން ޖެހޭ މުސާރަ ނުދޭ ކަމަށް އެކި ކުޅިވަރުތަކުގެ އެތްލީޓުން ވަނީ އެކި ފަހަރު މަތިން ޝަކުވާ ކޮށްފައެވެ.