Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު

އެތެރޭގެ އުދުހުންތަކުގެ އަގު 750 ރުފިޔާއަށް ކުޑަކުރެވޭނެ: ނިހާނު

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެފައިވާ ވައުދު އަވަހަށް ފުއްދަވައި ދެއްވައި އަގުތައް 400 ރުފިޔާ އާއި 750 ރުފިޔާ އާއި ދެމެދު އަގުތަކަށް ހެދުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެމްޕެއިންނަށް ބޭނުން ކުރެއްވި ބެނާއެއް ހިއްސާ ކުރައްވައި ނިހާން ވިދާޅުވީ ދެކުނަށް 550 ރުފިޔާ އާއި 750 ރުފިޔާއަށް އަގު ކުޑަ ކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރަށް 400 ރުފިޔާ އާއި 650 ރުފިޔާގެ އަގަށް ދަތުރުގެ އަގު ހެދިދާނެކަމަށެވެ.

28 ޖުލައި 2018 ވަނަ ދުވަހު ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެތެެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް ބޮޑު ކަމަށެވެ. އެގޮތުން މާލެއިން އައްޑޫއަށް ކުރާ ވައިގެ ދަތުރުތަކުގެ އަގު މާލެއިން އަވަށްޓެރި ސްރީލަންކާއަށް ދިއުމަށްވުރެ ބޮޑު ކަމަށެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ވަރަށް ބޮޑެވެ. ގަމާއި މާލެ އާއި ދެމެދުގެ ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 3500 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ.