Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހަސީން ތިން ހާސް މެމްބަރުން ހަމަކޮށް، ހުއްދައަށް އިލެކްޝަނަށް ހުށަހަޅައިފި

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީނު 3000 މެމްބަރުންގެ ފޯމާއި އެކު ހުއްދައަށް އިލެކްޝަނަށް ހުށަހަޅައިފިއެވެ.

ހަސީން މިއަދު 3000 މެމްބަރުންގެ ފޯމު އިލެކްޝަނަށް ހުށަހެޅީ ޕާޓީ ހެދުމަށް އިލެކްޝަނުން ދިން ދެވަނަ ފުރުސަތުގައެވެ.

ހަސީން މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ މެމްބަރުންގެ ފޯމު ހުށަހަޅައި ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ.'

އިލެކްޝަން މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދައަށް ގާނޫނުގައި ބަޔާންކުރާ އަދަދަށް މެމްބަރުން ހަމަކޮށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވީ ޕާޓީ އުފެއްދުމަށް 3020 ފޯމު ހުށަހަޅާފައިވާއިރު މިހާރު ކުރިއަށްދަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުން ކަމަށެވެ، އަދި އެކަން ކަށަވަރުވިހާ އަވަހަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނެކަމަށް އަކުރަމް ވިދާޅުވިއެވެ.

އިލެކްޝަނުން މިއަދު ވަނީ "ގައުމީ ވިންދު" ނަމުގައި ޕާޓީއެއް ހެދުމަށް ހުއްދަ ދީފައެވެ.