Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އެން ހިފަން ފީނި މީހަކު މަރުވެއްޖެ

އެން ހިފަން ގދ. ފަޅަކަށް ފީނި މީހަކު ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންދަމަން ފީނި ތިން މީހުންގެ ތެރެއިން އިތުރު ދެމީހަކު ހާލު ސީރިއަސްވެ އަދިވެސް ދަނީ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގައި މަރުވެފައިވަނީ 37 އަހަރުގެ އަމީތު ސައީދުއެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބިފައިވަނީ ގދ ތިނަދޫ ޕޮލިސް ސްޓޭޝަނުން ރޭ ފަތިހު 5:14 ހާއިރުކަމަށެވެ.

އަދި ރިޕޯޓު ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައިކަމަށެވެ. މި ތިން މީހުންގެ ތެރެއިން 24 އަހަރުގެ މީހަކު އަދިވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހުޝިޔާރު" ދޯންޏަކީ ތިނަދޫގައި މަހަށް ދުއްވާ ދޯންޏެކެވެ.