Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އޭވިއޭޝަން ދާއިރާއަށް ނުފޫޒު ފޯރުވައިގެން ނުވާނެ: އައިޝާ

ގައިވާއިދާއި އުސޫލުން ބޭރުން ނުފޫޒު ފޯރުވައިގެން ކަންކަން ކުރާނަމަ އޭވިއޭޝަން ދާއިރާ ކުރިއަށް ނުގެންދެވޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަން ދުވަހާއި ގުޅިގެން އައިޝާ ދެއްވި ބަޔާނެއްްގައި ބުނެފައިވަނީ ހެދިފައިވާ ގަވާއިދު ތަކާއި އުސޫލުތައް އަދި ނިޒާމްގެ ތެރެއިން މަސައްކަތް ކުރުމުގެ ބަދަލުގައި ނުފޫޒު ފޯރުވައިގެން ކަންކަން ކުރުވުމުގެ އުސޫލު ބަދަލު ކުރަން ޖެހޭކަމަށެވެ. އަދި ވަކި ކުލައަކަށް ބެލުމެއް ނެތި ހެދިފައިވާ އުސޫލުން ހުއްދަ ލިބެންޖެހޭ ކަމަށެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ އިތުރަށް ހަރުދަނާވެ ތަރައްްޤީ ވަމުން އަންނަ ކަމަށާއި، ދެމެހެއްޓެނެވި ލަނޑުދަނޑިތަކެއް ހާސިލް ވަމުން އަންނަ ކަމަށް އައިޝާގެ ހިޠޯބުގައިވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީއަކީ ސަރުކާރުން ކުރާނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށާއި، ރާއްޖޭގެ މަދަނީ ވައިގެ ވިއުގަ ފުޅާވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

އަދި މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުން ހިމެނޭކަމަށް އައިޝާ ވިދާޅުވިއެވެ.

ރާއްޖޭގައި އަމިއްލަ އެއާލައިނެއް ހިންގަމުން އަންނަ ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓު އެންޑު ސިވިލް އޭވިއޭޝަން މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނަ އިރު، އެއާޕޯޓްތަކުގެ މުހިއްމުކަން ފާހަގަކުރައްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށްޓަކައި ޑޮމެސްޓިކް އެއާޕޯޓްތައް ނަފާވާ ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މިހާޜު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

އައިޝާ ވިދާޅުވީ އެވިސްނުމާއި އެކު އެއާޕޯޓު ނަފާވާ ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.