Last Updated: July 16, 11:14
Tuesday, July 16, 2019
ޚަބަރު

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ކުޑަހުވަދޫގައި

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ދ. ކުޑަހުވަދޫ ކައުންސިލްގައި. ފޮޓޯ: ޕޮލިސް ޓްވިޓާ

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް ޢިމްރާން އަބްދުﷲ ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ އަތޮޅު ކައުންސިލް އަދި ޕޮލިސް ސްޓޭޝަނަށް ވަޑައިގަންނަވައިފިއެވެ.

އިމްރާން ޢަބްދުﷲ އާއެކު މިދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެބޭފުޅުންގެ މި ދަތުރުފުޅުގައި ފުރަތަމަ ވަނީ ދ. އަތޮޅު އަދި ކުޑަހުވަދޫގެ ކައުންސިލާއި ބައްދަލު ކުރައްވާފައެވެ.

އެއަށްފަހު ޢިމްރާން ޢަބްދުﷲ އަދި ހަމްދޫން ރަޝީދު ވަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި ބައްދަލު ކުރައްވާފައެެވެ.