Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 7 މަޤާމަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ފިލްމް އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަބްދުﷲ

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހަތް މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިލްމު އެސޯސިއޭޝަނުން ކުރިމަތިލުމަށް ހުޅުވާލާފައިވާ މަޤާމުތަކަކީ އެ އެސޯސިއޭޝަންގެ ޗެއަރޕާސަން، ނާއިބު ޗެއަރޕާސަން، ހަޒާންދާރު، ސެކެރެޓަރީ ޖެނެރަލް އަދި އާއްމު ތިން މެންބަރުންގެ މަގާމުތަކެވެ.

މި މަގާމު ތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު އޮންނާނެ ކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ. އަދި އެ އެސޯސިއޭޝަން މެންބަރުން ހޮވުމަށް ނަގާ ވޯޓު ކުރިޔަށްދާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި، މިއިންތިހާބު ބާއްވާ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ.

އިންތިހާބުގެ އެކި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު، އެސޯސިއޭޝަންގެ މިހާރު މެންބަރުން އަތުން ލިބެން ހުންނާނެކަމަށް ފިލްމު އެސޯސިއޭޝަނުން ބުނެއެވެ.