Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޝަބީބް އައްޔަން ކުރައްވައިފި

ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަބީބް - ފޮޓޯ: މިހާރު

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އިބްރާހިމް ޝަބީބް އައްޔަން ކުރައްވައިފި އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި ޝަބީބު މިދިޔަ ބުދަ ދުވަހު އެ މަޤާމަށް އައްޔަންކުރައްވާފައި ވާއިރު، އެއީ ސިޔާސީ މަޤާމެއް ކަމަށް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމްގައި ހުންނެވީ މުހައްމަދު ޝަހުދީ އެވެ.

އެ މަޤާމަށް މިދިޔަ ބުދަ ދުވަހު އައްޔަން ކުރެއްވި ޝަބީބް އަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.