Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

ވާވޭގެ ސީއެފްއޯ ކަފާލާތުގެ ދަށުން މިނިވަންކޮށްފި

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ. --ފޮޓޯ: ރޮއިޓާސް

ސްމާޓްފޯނާއި ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، ވާވޭގެ ސީއެފްއޯ ހައްޔަރުކުރިތާ 10 ދުވަސް ފަހުން ކަފާލާތުގެ ދަށުން މިނިވަން ކޮށްފިއެވެ.

ސީއެފްއޯ މެންގް ވަންޖޫ މިނިވަން ކޮށްފައިވަނީ 7.5 މިލިއަން ޑޮލަރު ދެއްކުމަށް ފަހުއެވެ. ނަމަވެސް ވެންގް މިނިވަން ކޮށްފައިވަނީ އޭނާގެ ފައިގައި ޓެގު އަޅުވައި ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގައެވެ.

ވެންގ ހައްޔަރުކުރީ އެމެރިކާގެ އެދުމުގެ މަތިން ކެނެޑާ އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ވާވޭ އިން އިރާނާއެކު ވިޔަފާރި ކުރިކަމުގެ ތުހުމަތު ކޮށްފައިވަނިކޮށެވެ. އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށް ވާވޭ އިން އެމެރިކާގެ ނިންމުމާ ޚިލާފުވެފައިވާ ކަމަށް ބުނެ ހައްޔަރުކޮށްފައިވާއިރު ޗައިނާއިން ވަނީ އެއީ އިންސާނީ ހައްގުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެފައެވެ.

އެމެރިކާގެ އެދުމުގެ މަތިން މެންގ ހައްޔަރުކުރި ނަމަވެސް އޭނާ ބަންދުކުރީ ކެނެޑާގައެވެ. އަދި ކެނެޑާ ސިފައިން މެންގ ބަންދުގައި ހުރިއިރު އެމެރިކާ އާ ހަވާލުކޮށްފައެއް ނުވެއެވެ.