Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ކުރީގެ މެމްބަރު ނާޒިމްގެ ހުކުމް ބާތިލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމް ރިވިއުކުރުމަށް ހުށައެޅި މައްސަލާގައި ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކޮށްފިއެވެ.

ފަންސަވީސް އަހަރަށް ނާޒިމް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެކޯޓުން ބާތިލުކޮށްފައިވަނީ ރިވިއުކުރުމަށް ހުށައެޅި މައްސަލަ ބެލުމަށް ފަހުގައެވެ. ސުޕްރީމް ކޯޓުން ނާޒިމަށް ހުކުމް ކުރީ މަކާރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ބުނެއެވެ.

ނާޒިމް ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ބޭސްފަރުވާއަކަށް ވަޑައިގެން ސިޔާސީ ހިމާޔަތް ހޯއްދެވިއެވެ. އޭނާ އެނބުރި ވަޑައިގަތީ ވެރިކަން ބަދަލުވެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކުރުމުންނެވެ.

ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރި ހުކުމަކީ ސިޔާސީ ގޮތުން ކުރި ހުކުމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.