Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޕެންޝަން ފައިސާއިން ހައްޖަށް ދެެވޭ ގޮތް ހެދުމަށް ފާސްކޮށްފި

ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ގާނޫނަަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހު އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އެ އިސްލާހު ފާސްކުރުމަށް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ 50 ޕަސެންޓް ދައްކާނީ ޕެންޝަން ފަންޑުން ކަމަށެވެ. ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަނި ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އަސްލަމު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ގިނަ ބަޔަކު އެދުނު ކަމަށާއި ޕެންޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ހަމަޖައްސައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ސޯލިހު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ޕެންޝަން ފައިސާއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.