Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ކެންޑިޑޭޓުން ގަވާއިދާއި އެއްގޮތަށް މެމްބަރުން ޕާޓީއާށް ވައްދަން އަންގައިފި

ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އިން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީތަކުގައި، ކެންޑިޑޭޓުންނަށް ވޯޓު ހޯދުމަށް ޕާޓީއަށް ވައްދާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެޕާޓީން ހުރިހާ ކެންޑިޑޭޓުންނަށް އަންގައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީހުންގެ އެނގުމާ ހުއްދައާ ނުލާ ސައްހަ ނޫން ފޯމުތަކެއް ހުށައަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިހާތަނަށް 9 މީހަކު ޕާޓީއަށް އެކަން އަންގާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އަދި އެގޮތަށް އަމަލުކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރެވޭނެ ކަމަށާއި އެފަދަ ކަންތައް ނުކުރުމަށް މި ނޫސް ބަޔާނުގައި އެމްޑީޕީން ވަނީ ކެންޑިޑޭޓުންނަށް އިލްތިމާސް ކޮށްފައެވެ.

ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅެމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ޕްރައިމަރީގައި ވޯޓުލުން ހައްގު ލިބޭ މެމްބަރުންނަކީ ވަކި މުއްދަތެއް ވަންދެން ޕާޓީގައި ރަޖިސްޓާ ވެފައި ތިބި ބަޔަކަށް ހެދުމަށް ގަވާއިދު އިސްލާހު ކުރުމަށް ގޮވާލާފައެވެ.