Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހަތަރު ލީޑަރުންގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަނީ

ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އަބްދުލް އަލީމް އާދަމް އާއި ހަވާލާދެއްވާ ރާއްޖެ އެމްވީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ހަވީރު އޮންނަ ބައްދަލުވުމުގައި ހަތަރު ލީޑަރުންގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދާނީ ރައްޔިތުންގެ މަޖިލީހާއި ގުޅޭ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮވެ، ރިޔާސީ ކޮމިޝަންގެ ބިލް ފާސްނުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ގޮސްފައިވާތީ ، ގިނަ ބައެއްގެ ފާޑުކިޔުންވަނީ ކޯލިޝަނަށް އަމާޒުވެފައި ވަނިކޮށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮވެ،ރިޔާސީ ކޮމިޝަންސްގެ ބިލް ފާސްވެފައިނުވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ނޮވަމްބަރު މަހުގެ 15 ވަނަ ދުވަހު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައިވަނީ މަހަކު އެއްފަހަރު ހަތަރު ލީޑަރުން ބައްދަލުވާ ގޮތަށް ނިންމާފައެވެ.