Last Updated: May 22, 10:08
Sunday, May 22, 2022
ޚަބަރު

ރައީސް މާޅޮސްމަޑުލަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަ ކުރި ރަސްމިއްޔާތުގައި، ފޮޓޯ: ރައިސް އޮފީސް

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅަކީ މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްސަ ޖަލްސާ ދުވާފަރުގައި ބާއްވާތީ، އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ރ. ދުވާފަރު އަދި އުނގޫފާރަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އަލަށް ހުޅުވާ ކުޑަދޫ އައިލެންޑް ރިސޯޓުވެސް ރައީސުލް ޖުމުހޫރިއްޔާ މިދަތުރުފުޅުގައި ހުޅުއްވައިދެއްވާނެއެވެ.

މީގެ އިތުރުން، ނ. އަތޮޅު ހެނބަދޫއަށް ވެސް ރައީސް ސޯލިހް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.