Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

ޖަމާއަތް ހަދައި ސޮލަވާތް ކިޔައި މާލޫދު ކިޔުމަކީ ބިދުއައެއް، އެކަން ނުކުރޭ: އަލީ ޒައިދް

ޖަމާއަތް ހަދައިގެން ސޮލަވާތްފުޅު ކިޔެވުން ނުވަތަ މާލޫދު ކިޔެވުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ބިދުޢައެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބައެއް މީހުން އެކަމާ ގުޅޭގޮތުން ސުވާލު ކުރަމުން އަންނާތީ ޖަވާބު ދެއްވީ ކަމަށެވެ. އިތުރަށް ވިދާޅުވަމުން ބިދުޢައަކީ ދީނުގައި އަލަށް އުފައްދާ ކަންތައްތައް ކަމަށާއި އެއީ މޮޅުކުރުމަށް ކުރުން ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަދި ސޮލަވާތްފުޅު ކިޔަވައި މާލޫދު ކިޔުމަކީ ރާއްޖޭގައި އުވިގެން ގޮސްފައި އޮތް ބިދުއަ ކަމަށާއި އެކަން އަލުން އާލާ ނުކުރުމަށް ޝެއިޚް އަލީ ޒައިދު ވަނީ ގޮވާލާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނު އޮފީސް ރޭ ހުޅުވީ ދުންދަނޑި ޖަހައިގެން އިހު މީހުން ސޮލަވާތް ކިޔާ ގޮތަށް ސޮލަވާތް ކިޔުމަށް ފަހުއެވެ. ސޮލަވާތް ކިޔަވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.