Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކުޑަކުދިންނާއި ސްކޫލް ކުދިންނަށް ބަސް ދަތުރު ހިލޭ!

ކުޑަކުދިންނާއި ސްކޫލް ކުދިންނަށް މާލެ އާއި ހުޅުމާލެ އާއި ދެމެދު ހިލޭ ބަސް ދަތުރު ކުރެވޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ ސްކޫލް ކުދިންނަށް ބަހުން ހިލޭ ދަތުރު ކުރެވޭނީ ސްކޫލް ޔުނިފޯމްގައި ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލެ/ ހުޅުމާލެ ބަސް ދަތުރުކޮށްފައިވަނީ ހިލޭއެވެ. ނަމަވެސް މިއަދުން ފެށިގެން ބަސް ދަތުރުތަކަށް ފީ ނެގުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އެމްޕީއެލްއިން މާލެ އާއި ހުޅުމާލެ އާއި ދެމެދު ބަސް ދަތުރަކަށް 10 ރުފިޔާ ނަގަން ނިންމާފައިވާ އިރު ފީ ނެގުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ "ޓަޗްލިންކު" ކާޑު މެދުވެރިކޮށެވެ.

ރީލޯޑުކޮށްގެން ބޭނުންކުރެވޭ ޓަޗްލިންކު ކާޑު މާލޭގެ މައި ބަސް ޖަގަހަ އަދި ހުޅުމާލެ މައި ބަސް ސްޓޮޕުން 20 ރުފިޔާއަށް ގަންނަން ލިބޭނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ބުނީ ފަތިހު 5:35 އިން ފެށިގެން ކޮންމެ 5 މިނިޓަކުން ބަސް ދަތުރު އޮންނާނެކަމަށާއި، ޖުމްލަ ނުވަ ސްޓޮޕަކަށް ބަސް މަޑު ކުރާނެކަމަށެވެ.