Last Updated: July 4, 10:29
Friday, July 4, 2025
ދުނިޔެ

ޗައިނާ ޖައްވީ އުޅަނދު ހަނދަށް ޖައްސައިފި

ޗައިނާ އިން ހަނދަށް ފޮނުވި ޖައްވީ ރޮބޮޓު ކާމިޔާބުކަމާއެކު ހަނދުގެ އަނެއް ފަރާތުގައި ޖައްސައިފިއެވެ.

މިއީ ޗައިނާ އުޅަނދެއް ހަނދުގައި ޖެއްސި ފުރަތަމަ ފަހަރެވެ. ޗައިނާ އިން ބުނެފައިވަނީ މިއުޅަނދު ހަނދުގައި ޖައްސާފައިވަނީ މިއަދު ހެނދުނު އެގައުމުގެ ގަޑިން 10:26 ގައި ކަމަށެވެ.

މިއީ ދުނިޔެއިން ފޮނުވި އުޅަނދެއް ހަނދުގެ ދުނިޔެއާ ދުރު ފަޅީގައި ކާމިޔާބު ކަމާއެކު ޖެއްސި ފުރަތަމަ ފަހަރެވެ. ޗައިނާ އިން ވަނީ ހަނދުގެ އެ ސަރަހައްދު އިތުރަށް ދަނެގަތުމަށް ދެ އެކްސްޕެރިމެންޓެއް ހެދުމަށް ބޭނުންވާ ސާމާނު ރޮބޮޓާއެކު ފޮނުވާފައެވެ.

މީގެ ކުރިން އެކި ފަހަރު މަތިން ހަނދަށް އެސްޓްރޮނޯޓުންނާއި ރޮބޮޓުން ދަތުރުކޮށްފައިވާއިރު ދުވަހަކުވެސް ދުނިޔެއާއި ދުރު ފަޅިއަށް އެއްވެސް މީހަކު އަދި އުޅަނދެއް ވެސް ގޮސްފައެއް ނުވެއެވެ.

އެހެންކަމުން މިއީ ޖައްވު، ޚާއްސަކޮށް ހަނދުގެ ދިރާސާތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކޮށްލެވެއެވެ.