Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ކަޅުވަކަރު މިސްކިތް ރާވަން ވޮލަންޓިއަރުން ހޯދަނީ

ކަޅުވަކަރު މިސްކިތް ރޫޅާލުމުގެ ކުރިން

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރޫޅާލި ކަޅުވަކަރު މިސްކިތް މިސަރުކާރުން އަލުން ރޭވުމަށް ނިންމުމާ ގުޅިގެން، އެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާނެ މީހުން ހޯދުމަށް ހެރިޓޭޖް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ނަމާއި އީމެއިލް އެޑްރެސް، 7957266 ނަމްބަރަށް އެސްއެމްއެސް ކޮށްލުމަށް ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

ސަލްޓަން ޕާކް ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ނިންމީ ވަޒީރުންގެ ލަފަޔެއް ހޯދުމަށް ފަހު، ރައީސުލް ޖުމުހޫރިއްޔާއެވެ. އޭގެ ކުރިން މިނިސްޓްރީން ވަނީ އެކަމާ ގުޅޭގޮތުން އާންމުން ހިޔާލުވެސް ހޯދާފައެވެ. އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމުގައި ގިނަ ބަޔަކު ވަނީ މިސްކިތް އަލުން މާލޭގައި ރޭވުމަށް ތާއީދުކޮށް ޚިޔާލު ހުށައަޅާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.