Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކެނޑީ އެންމެ ކުޑަކޮށް 50ރ.، އެންމެ ބޮޑުކޮށް 444ރ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި، އަދި ފުރަތަމަ 100 ދުވަހުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުން އަގު ހެޔޮކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން އިއްޔެ ހެޔޮކުރި އަގުތައް އިއުލާންކޮށްފިއެވެ. %25 އާއި %30 ގެ ޑިސްކައުންޓައް މިހާރުގެ ފެއާތަކަށް މޯލްޑިވިއަން އިން ވަނީ ތައާރަފްކޮށްފައެވެ.

ރާއްޖޭގެ އެންމެ ދެކުނަށް ބަލާލާއިރު މީގެ ކުރިން ގަމުން އަދި ފުވައްމުލަކުން މާލެއަށް އެންމެ ހެޔޮ އަގެއްގައި ދެވެނީ 899ރ. އަށެވެ. އަދި އެންމެ ބޮޑު އަގެއް ދީފައި ގަމުން 1،777ރ. އަދި ފުވައްމުލަކުން 1،666ރ. ދީފައި މީހުން ދިޔައީ ދަތުރުކުރަމުންނެވެ. ސަރުކާރުގެ ވައުދުތަކުގެ ތެރެއިން މޯލްޑިވިއަން އިން ތައާރަފްކުރި ޑިސްކައުންޓުތައް ލުމުން، އެންމެ ހެޔޮކޮށް ދެވެނީ ގަމާއި ފުވައްމުލަކުން ވެސް މާލެއަށް 849ރ. އަށެވެ. މިއީ ފަންސާސް ރުފިޔާގެ ހެޔޮ ބަދަލެކެވެ.

އަދި އެންމެ ބޮޑު އަދަދަކަށް މިހާރު ގަމުން މާލެ ދާ ފަރާތްތަކުން ނަގާނީ 1،333 ރުފިޔާއެވެ. ފުވައްމުލަކުން މާލެ އެއްކޮޅު ޓިކެޓު އެންމެ ބޮޑުކޮށް ނަގާ އަދަދަކީ 1،299 ރުފިޔާއެވެ. އާންމުކޮށް ފަހު ވަގުތު ޓިކެޓު ނަގާ ފަރާތްތަކަށް މިވަނީ ގަމުން މާލެއަށް 444 ރުފިޔާގެ ލުޔެއް ލިބިފައެވެ. ފުވައްމުލަކުން ކުޑަވީ 367 ރުފިޔާއެވެ.