Last Updated: April 26, 20:24
Friday, April 26, 2024
މީހުން

އެންޓާޓިކާގެ އެންމެ އުސް ފަރުބަދައަށް އެރި ޚާއްސަ އެހީއަށް ބޭނުންވާ ފުރަތަމަ އަންހެނަކަށް އަރުނިމާ ސިންހާ

އަރުނިމާ ސިންހާ މައުންޓް އެވަރެސްޓް މަތީގައި - ފޮޓޯ: ބީބީސީ

ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓްގެ އެންމެ މައްޗަށް، 2013 ވަނަ ކާމިޔާބު ކަމާއެކު އެރި ޚާއްސަ އެހީއަށް ބޭނުންވާ ފުރަތަމަ އަންހެން މީހާ ކަމުގައިވާ، އިންޑިއާގެ އަރުނިމާ ސިންހާ، އަނެއްކާވެސް އިތުރު ރެކޯޑެއް ހަދައިފި އެވެ.

އުމުރުން 30 އަހަރުގެ އަރުނިމާ ވަނީ ކާމިޔާބުކަމާއެކު އެންޓާޓިކާގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް ވިންސަން އަށް އަރާފައެވެ. އެހެންކަމުން މިހާރު އޭނާ އަކީ އެންޓާޓިކާގެ އެންމެ އުސް ފަރުބަދަައިގެ އެންމެ ކޮޅަށް ވެސް އެރި ޚާއްސަ އެހީއަށް ބޭނުންވާ ފުރަތަމަ އަންހެން މީހާ އެވެ.

އަރުނިމާ އަކީ ކުރިން ޤައުމީ ފެންވަރުގައި ވޮލީބޯޅާ ކުޅުނު މީހެކެވެ. އޭނާ ވަނީ އޭނާ އަލަށް ހޯދި ކާމިޔާބީގެ ޚަބަރު، ޓްވިޓާ މެދުވެރިކޮށް އާންމުންނާއި ހިއްސާކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވެސް ވަނީ އަރުނިމާގެ ކާމިޔާބީ އށް މަރުޙަބާ ވިދާޅުވެފައެވެ.

އުއްތަރް ޕްރަދޭޝްގެ އަމްބޭދްކަރް ނާގަރް އަށް ނިސްބަތްވާ އަރުނިމާގެ އެއް ފައި ބުރިކޮށްލަން ޖެހުނީ 2011 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި އޭނާގެ ފަޔަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ. އެ ހާދިސާ އަށްފަހު އަރުނިމާ ނިންމީ މައުންޓެނިއަރ އަކަށްވެ، ދުނިޔޭގެ އުސް ފަރުބަދަތަކަށް އެރުމަށެވެ.