Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

"ނަޒާހަތްތެރި މަޖިލީހެއް ހޯދުމަށް އެމްއެމްޕީއާރްސީ ފައިސާ ލިބުނު މީހުން އެނގުން މުހިއްމު"

2019 ވަނަ އަހަރު އިންތިޚާބު ކުރެވޭ ރައްޔިުތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ މައުލޫމާތު އެނގުމަކީ މުހިއްމު ކަމެއް ކަމުގައި އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު ވިދާޅުވެއްޖެއެވެ.

މީދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޓްރާންސްފަރ ކުރި 155 އެކައުންޓްގެ މައުލޫމާތު މަޖިލިސް ޕްރައިމަރީތަކުގެ ކުރިން ހާމަކުރަންޖެހޭ ކަމަށެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ 155 ފަރާތެއްގެ އެކައުންޓަށް ޖަމާކުރި ކަމަށް އީސީސީން ބުނެފައިވާއިރު ބައެއް ފަރާތްތަކުން ދަނީ އެ އަދަދު އެއަށް ވުރެ ގިނަވާނެ ކަމަށް ވެސް ބުނެފައެވެ.