Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަޖިލީހަށް ހޮވިއްޖެނަމަ އިންކަމް ޓެކްސް ނެގުމަށް ވަކާލަތު ކުރާނަން: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބު ވެއްޖެ ނަަމަ ދިވެހިރާއްޖޭގައި އިންކަމް ޓެކްސް ނެގުމަށް ވަކާލާތު ކުރައްވާނެ ކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނިހާދު ބުނެފިއެވެ.

ނިހާދު މިހެން ބުނެފައި ވަނީ ރޭ އޭނާގެ ކެމްޕެއިން އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ހަފްލާގައި ނިހާދު ވަނީ މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަ އައްޑޫގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ކުރަންޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ނިހާދު ފާހަގަކުރެއްވީ އިންކަމް ޓެކްސް ނެގުމެވެ.

"އިންކަމް ޓެކްސް ނެގުމަށްޓަކައި އަޅުގަނޑު ވަކާލާތު ކުރާނަން. އެކަމަށްޓަކައި ކުރާންޖެހުނު ކޮންމެ ކަމެއް ކުރާނަން" ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ނިހާދުގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު ނަޝީދެވެ.